ކްލީކް ކޮލެޖުގެ ދަސްވެނިވުން 2019


 
ކްލީކް ކޮލެޖުގެ 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިޔާތު 29 އޭޕްރިލް 2019 ވީ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމް ގައި ބާއްވާފިއެވެ.
މި ރަސްމިޔާތުގައި ކްލިކް ކޮލެޖުގެ 86 ދަރިވަރުން ކޯސް ފުރިހަމަކޮށް ސަނަދު ހަވާލު ކޮއްފައިވޭއެވެ. ކޯސްތައް ފުރިހަމަ ކުރި ދަރިވަރުންގެ ތެރޭގައި ހެރިއެޓް ވާޓް ޔުނިވާސިޓީގެ ޑިގްރީކޯސްތަކާއި، އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސްގެ ކޯސްތަކާއި، ޑިޕްލޮމާ އަދި ބެޗެލާރސް ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތަކާއި، އޭ.ސީ.ސީ.އޭގެ ސަރޓިފައިޑް އެކައުންޓިނގް ޓެކްނީޝަން ކޯހުގެ އިތުރުން ހިންގުމުގެ ދާއިރާއިން ސެޓްފިކެޓް ލެވެލްގެ ކޯސް ފުރިހަމަ ކުރި ދަރިވަރުން ހިމެނޭއެވެ.
މި ހަފްލާ ޝަރަފްވެރި ކޮއްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް އެވެ.
މި ހަފްލާގައި ދަސްވެނިންނާ މުޙާތަބް ކުރައްވާ މިނިސްޓަރ ވިދާޅުވީ ދަސްވެނިވުމުގެ ހަފުލާ އަކީ ކޮންމެ ދަރިވަރަކު ވެސް ވަރަށް ފަޚުރުވެރިވާނެ ވަގުތެއް ކަމަށެވެ. އެއީ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ އެތައް ގުރުބާނީ އަކާއި ބުރަ މަސައްކަތް އަންގައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަސްވެނިވުމަކީ އަދި ފެށުމެކެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހަކު ވެސް އާ ކަންތައްތަކެއް ދަސްވެ ޒިންމާތައް ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ. ހަޔާތުގައި އެންމެ ފާހަގަކޮށްލެވޭ ދުވަސްތަކަކީ، މަތީ ތައުލީމު ހާސިލް ކުރުމަށް ކޮލެޖުގައި އުޅުއްވި ދުވަސްތައް ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އާ ކަންކަން ދަސްކުރުމަށް ރިސްކު ނަގައި، ބޭނުންވާ ކަންތައްތައް ހާސިލް ކުރަން މަސައްކަތް ކުރަން ގޮވާލައްވައިފަ އެވެ.
ކޮލެޖުގެ ޕްރެޒިޑެންޓް ޑރ. ނައުޝާދު މުހައްމަދުގެ ސްޕީޗް
ކޮލެޖުގެ ޕްރެޒިޑެންޓް ޑރ. ނައުޝާދު މުހައްމަދުގެ ސްޕީޗްގައި ޑިގްރީއެއް ހާސިލް ކުރުމުން ނިމުނީ ނޫން ކަމަށާއި މަސައްކަތުގެ މައިދާނަށް ނުކުމެ ކަންކަމަށް ވަކާލާތުކޮށް، މޮޅުވާން ޖެހޭ ކަމަށެވެ. އަދި ކިޔެވި އެއްޗެއްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އޭނާ އެދިވަޑައިގަތެވެ.
ނައުޝާދު ވިދާޅުވި ގޮތުގައި، މެލޭޝިއާގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ކްލިކް ކޮލެޖުގައި ވަރަށް އަވަހަށް ފަށާނެ އެވެ. އެ ޕްރޮގްރާމްތަކުގައި ބައިވެރިވެރިވުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހު ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.
އަދި ކްލިކް ކޮލެޖުގައި ހިންގާ ހެރިއޮޓްވަޓް ޔުނިވާސިޓީގެ އިމްތިޚާނުން 93 ޕަސެންޓު ދަރިވަރުން ފާސްވިކަން ނައުޝާދު ފާހަގަކުރެއްވި އެވެ.
ހަމަ އެއާއެކު އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިސްވް ޕްރޮގްރާމް ހިންގާތާ 13 އަހަރު ވެފައިވާ އިރު 2003 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ އެގްޒޭމް ސެޝަންއެއްގައި ކްލީކް ކޮލެޖުގެ ދަރިވަރުން އަންނަނީ ޓޮޕް ޕޭޕަރ ޕްރައިޒް ހޯދަމުންއަންކަން ފަހަގަ ކޮއްފައިވޭއެވެ. ޓޮޕްޕޭޕަރ ޕްރައިޒް އަކީ އޭ.ބީ.އީ އިން ބާއްވާ އިންޓަރނޭޝަނަލް އެގްޒޭމްއިން އެ މާއްދާއަކުން އެންމެ މަތީމާރކްސް ހޯދާ ދަރިވަރަކަށް ދޭ އެވޯރޑެއްކެވެ. މިއީ އޭ.ބީ.އީގެ 423 އެކްރެޑިޓެޑް ކޮލެޖްގެ ތެރެއިން ފާހަގަ ކޮށްލެވޭފަދަ އެޗީވެމެންޓެއްކަން ފަހަގަ ކޮއްފައި ވޭއެވެ.
2018 ވަނަ އަހަރުގައިވެސް ވަނީ ދި އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިސްވް ގެ އިމްތިހާނުން ވޯރލްޑް ޓޮޕް ޕޭޕަރ ޕްރައިޒް ހޯދާފައެވެ. މިހާތަނަށް 49 ވޯރލްޑް ޓޮޕް ޕޭޕަރ ޕްރައިޒް ހޯދަފަ ވާއިރު، 2018 ވަނަ އަހަރުގެ ޖޫން މަހުގެ އިމްތިހާނުން ނައުރާ މޫސާ މަނިކާއި އާއިޝަތު އަޝްނާ އަބްދުއްރަޝީދް ވަނީ ޓޮޕް ޕޭޕަރ ޕްރައިޒް ހޯދާފައެވެ.
ދަރިވަރުންނަށް ދެވޭ އެވޯރޑް އޮފް އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަން އަކީ ކޮލެޖުގެ އެކިއެކި ހަރަކާތްތަކުގައި ފާހަގަ ކުރެވޭ މިންވަރަށް ބައިވެރި ވުމާއި އެކެޑެމިކް ޕާރފޮރމަންސްއާއި ސްޓޫޑެންޓް ލީޑަރ ޝިޕްއަށް ބެލުމަށްފަހު ދެވޭ އެވޯރޑެއްކެވެ. މިހަފްލާގައި މި އެވޯޑް ހާސިލް ކުރީ މާހަތު ހުސެން ރަޝީދެއެވެ.
އަދި ދެ ލެކްޗަރަރ އިންނަށް ވަނީ އެވޯރޑް އޮފް އެކްސަލަން ދީފަ. އެއީ އިބްރާހިމް ޝުހޭލައި އިބްރާހިމް ޝަފީޤް އަށެވެ.
އަދި މީގެ އިތުރުން ޑިސްޓިންޝަން އެވޯޑައި ޕުރެސިޑެން އެވޯޑް އަށް ހޯވުނު ދައިވަރުންނަށް ޓުރޮފީ ހަވަލު ކޮއްފައިވޭއެވެ.
 

3

Image 2 of 35